11 އޯގަސްޓް 2026

ސްކޭމްތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 35 މިލިއަނުން މައްޗަށް!

މުޙައްމަދު ވިޝާން
19 ގަޑިއިރު ކުރިން

އެންޓި ސްކޭމް ސެންޓަރު ވުޖޫދުވީ ދުވަހުން ފެށިގެން، އެ ސެންޓަރަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަމަށާއި، އެ ފަދަ މައްސަލަތަކުގައި ސްކޭމްތަކުގައި އާންމުންގެ އަތުން 35 މިލިޮއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެންޓި ސްކޭމް ސެންޓަރު ވުޖޫދުވީ ފަހުން އެ ސެންޓަރަށް ހުށަހަޅާފައިވ 3cx Box ާ މައްސަލަ ތަކަކީ 3،000 އާއިލާއާއި ކުދި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުން ރެޔާއިދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއް ކަމަށް އެ މުވައްސަސާއިން ދެކޭ ކަމ،ަށެވެ.

އެހެންކަމުން މިފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށް ނުވުމަށްޓަކައި، މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ސަމާލުވާން ޖެހޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސްކ TechWaves Box ޭމް ސެންޓަރު ގާއިމްކުރިފަހުން މިހާތަނަށް 3،000 މައްސަލައިގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (35,144,703.32 ރ) ވަނީ ގެއްލިފައެވެ.

މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ (13,296,072.51 ރ) ކަމަށާއި މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައި ކަމަށާއި އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމް ތައް ކަމަށާއި، އެގޮތުން މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައިވާއިރު މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) 439 މައްސަލަ ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އާންމުކޮށް ސްކޭމް ހިންގަނީ އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށް ކަމަށާއި، އެގޮތުން އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1,093 މައްސަލަ) އަދި ވައިބަރ (911 މައްސަލަ) ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ މައްސަލަތައް ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތތުރުން ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވާކަމަށް ފުލުހުން ބުނއެވެ.

ފުލުހުން ވަނީ އެ ފަދަ ސްކޭމް ތަކުން ރައްޔިތުން ރައްކާތެރިވުމަށްޓަކައި އޮންލައިންކޮށް ފެންނަ އިޝްތިހާރުތަކާއި،، ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށާއި، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެ މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށާއި، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވެ އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮސްފައެވެ.

އަދި  ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުރިުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްްފައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙