11 އޯގަސްޓް 2026

ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މުޙައްމަދު ވިޝާން
6 ގަޑިއިރު ކުރިން

ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބު TechWaves Box ނެފައިވަނީ މިއަދުގެ ފަތިހު 5:00 އިން ފެށިގެން މެންދުރު 11:00 އަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ އުފެދެމުންދާތީ މިއަދާ މާދަމާ ރާއްޖޭގޭ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙