ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ޖިނާއި ތަހުގީގަކީ އަސާސެއް އޮތް ތަހުގީގެއްކަމާ މެދު ސުވާލު އުފައްދައި، އަސްލެއް އަސާސެއް ނެތި އުފައްދާފައިވާ ހާލަތެއް ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖިނާއި ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީން ވ...